ޒިއޯން މޮބައިލްސް 4 ފިހާރަ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މިއަދު ފަތިހު 5:35 ހާއިރު އެ ފިހާރަ ފަޅާލައި ވަތްގަނޑުން 1000 ރުފިޔާއާއި ފިހާރައިން ފޯނުތަކެއް ވަގަށް ނަގާފައިވާ ކަމަށް އެ ފިހާރައިން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ހއ.މާރަންދޫ ފިނިރޯޅި / އަޙްމަދު ނިޔާޒް (47އ.) ކަމަށެވެ.
ނިޔާޒް ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރިއިރު އެފިހާރައިން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ 9 މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




