ހުޅުމާލެ ފުރަތަމަ ފިޔަވަހިން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ފުލުހުން ހޯދައިފިއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާލުވާނޭ މީހަކު ނެތް ދަބަސްތަކެއް ހުރި ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް ދަބަސްތައް ބަލައި ފާސް ކުރުމުން 228 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
”ލަކުޑި ޖެޓީ ކައިރީގައިހުރި ދަބަސްތަކެއް ބަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި“ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




