މަތީ ސާނަވީ ތައުލީމަށް ޚާއްސަކޮށްގެން މާލޭގައި ކުރީގެ ސީއެޗްއެސްއީ އިމާރާތް ރަސްމީކޮށް އަލުން ހުޅުވައިފިއެވެ.
ސީއެޗްއެސްއީ އަލުން ހުޅުވާދެއްވާފައި ރޭ އެއިމާރާތުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ސީއެޗްއެސްއީގެ ދަރިވަރުންގެ ފަރާތުން ރައީސަށް، ސްކޫލުގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް އަރުވައިފައިވެއެވެ.
އަމީނިއްޔާ ސްކޫލުގެ ފުރަގަހުގައި ހިންގަމުން އައި ސީއެޗްއެސްސީގެ ބާ އިމާރާތް ބަންދުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހު، ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށް ބަދަލުކުރުމަށްފަހުއެވެ.
އެހެންނަމަވެސް، މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމުގެ ސަބަބުން، އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެކުރިން ވިދާޅުވިއެވެ.
އެހެންކަމުން އެއިމާރާތް މަރާމާތު ކުރުމަށްފަހު، މިދިޔަ ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހު ސީއެޗްއެސްއީ ގައި ކިޔަވަދޭން ފަށާފައިވާއިރު އެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސްކޫލު ވާނީ ފުރަމާލޭގައިހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު ތަނަށް ކަމަށެވެ.
ހަމައެއާއެކު އެ ތަން ވާނީ ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު 423 ދަރިވަރުން ސީއެޗްއެސީއީގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ އެ ސްކޫލު ހުޅުވިގެން ދިއުމަކީ ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތައް ރައީސް އަޑު އެއްސެވި ކަމުގެ ހެއްކެއް ކަމަށެވެ.



