މިދިޔަ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު ބޭއްވި ދިރާގު ރޯޑްރޭހުގައި ބައިވެރިވެ ދުވަނިކޮށް ހާޓްއެޓޭކެއް ޖެހިގެން ވެއްޓުނު މއ. ވައިޓް ޢަލީ ޢުމަރުމަނިކު (އޮރެގާނޯ އައްޔަ) އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އޭނާ ވެއްޓިފައިވަނީ ރޭސް ނިމެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. އަދި ހަމައެވަގުތު އޭނާއަށް ފަރުވާދޭން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ.
އޮރެގާނޯ އައްޔައަކީ އޮރެގާނޯ ރެސްޓޯރަންޓުގެ ވެރިޔާއެވެ.
އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.




