ދޯންޏެއްގެ ބުރަފަތީގައި ޖެހި ސިންގަޕޫރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.
މިހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އދ. ދިގުރަށަށް ވޭލްޝާކު ރިސާޗެއް ހަދަން ސްޓަޑީ ޓުއަރ އެއްގައި ގޮސް އުޅުނު ޓީމުގެ އުމުރުން 15 އަހަރުގެ ސިންގަރޫރު އަންހެން ކުއްޖަކު ސްނޯކަލިންގަށް ގޮސް، މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން އެރަށު ސިއްޙީ މަރުކަޒަށް މިއަދު ހެނދުނު 9:55 ހައިރު ގެންދިޔަ ކަމަށެވެ.
އެކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެމަރިކަޒާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



