ރާއްޖޭގެ ހަތް ރަށެއްގައި އާރބަން ސެންޓަރު ގާއިމު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިކަން ހާމަ ކުރައްވާ މިނިސްޓްރީ އޮފް ހައުސިންގް، ލޭންޑް އެންޑް އާރބަން ޑެވެލޮޕްމެންޓުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ވަނީ ރައީސް މުޢިއްޒުގެ ރިޔާސީ އެއް ވައުދުފުޅާ އެއްގޮތުގެ މަތިން އާރބަން ސެންޓަރު ގާއިމު ކުރާނެ ހަތް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އާރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީ ކުރަން ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ރަށްތަކަކީ:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ



