ހުޅުމާލޭ ފޭސް 2 ގެ ހިޔާފްލެޓެއްގެ އެޕާޓްމަންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި މީހަކު ރަހީނުކުރިކަމުގެ މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ 10:30 ހާއިރު ފުލުހުން ހިންގި އެ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭ ފޭސް2 ގެ ހިޔާފްލެޓުގެ އެޗް9 ވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި، ރަހީނުކޮށްފައި ކަމަށް ބެލެވޭ އެމީހާ ފުލުހުން ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އެމީހާ ސަލާމަތް ކުރިއިރު އޭނާގެ ބޯ ތުނިކޮށް ކޮށާލާފައި، އިނގިލިތައް ވެސް ބުރިކުރަން ތައްޔާރު ކޮށްފައި ހުރިކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެރޭ ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.
މިހާދިސާއާ ގުޅިގެން ހައްޔަރު ކުރި 12 މީހުންނަކީ
- އަލްމާން އަލީ ޚާލިދު (22އ.) / ގދ. ވާދޫ ވެހި
- މުހައްމަދު އިޒްކާން (18އ.) / މ. ހަތިކަނޑު
- އިޒާން މުޙައްމަދު (18އ.) / ކ. ގުރައިދޫ
- އަހުމަދު ޒާހިދު (36އ.) / ށ. ފޯކައިދޫ ދަންމަރު
- އާދަމް ހުސެއިން (48އ.) / ލ. މާވަށް ޖަމީލާމަންޒިލު
- އިބްރާހިމް ނަޝީދު (34އ.) / ލ. އިސްދޫ ހިޔަލީގުލްޝަން
- އަހުމަދު ސަމީހު (22އ.) / ބ. ގޮއިދޫ ނައިޓް ސްޓާރ
- އިސްމާއިލް ވިޝާމް މުޙައްމަދު (29އ.) / ވ. ގާމާ
- ވިޝާމް މުޙައްމަދު (23އ.) / ގދ. ވާދޫ ޗިޗަންޑާގެ
- ވިސާން މުޙައްމަދު (30އ.) / ހުޅުމާލެ ހިޔާ 14-17-03
- މުސްތާޤް ޝާކިރު (37އ.) / ގދ. ވާދޫ ޖަނަވަރީގެ
- ހަސަން ގާލިބު (38އ.) / މ. ކޮޅުފުށި އާރެސް
މި 12 މީހުންގެ ތެރެއިން އަލްމާން އަލީ ޚާލިދު އާއި މުޙައްމަދު އިޒްކާން އަދި އިޒާން މުޙައްމަދު ވަނީ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ. ބާކީ ތިބި 9 މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވެއެވެ.



