ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމު ހިންގަވަނީ ހުރިހާ ރައްޔިތުން ވެސް ޝާމިލުވާ ސިޔާސަތެއްގެ މަތީގައި ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރޫ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ ވެރިކަމުގެ އަމާނާތުގެ ޒިންމާ ރައީސް މުޢިއްޒު އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެންކަމަށެވެ.
”އެމަނިކުފާނު ވިދާޅުވާ ދެ އިބާރާތެއް ފާހަގަކޮށްލާނަން، އެއް އިބާރާތަކީ ތިމަންމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހިރައްޔިތުންގެ ފަޅީގައޭ. ދެވަނަ އިބާރާތަކީ ތިމަން މަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ތިރިން މައްޗަށޭ.“ ވަޒީރު ވިދާޅުވިއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވީ ޖުމްހޫރިއްޔަތެއްގައި ރައްޔިތުންނަށް ލިބޭ ހަގީގީ ފައިދާ ބިނާ ވެގެން ދާނީ ވެރީންގެ އިހުލާސްތެރިކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ބަލާއިރު ރައީސް މުޢިއްޒުގެ ހިތުގައި މިޤައުމާއި ރައްޔިތުންނަށް އޮތް ލޯބި ހުށަހެޅުއްވީ ސާފުކަމާއި އިހުލާސްތެރިކަމާއެކު ކަމަށާއި އެކަން ރައްޔިތުން ވެސް ޤަބޫލުކުރާ ކަމުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.



