ކ. މާފުށްޓަށް ޑައިވިންގަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދޭން ފަށައިފިއެވެ.
އެ ހަމަލާގައި ޒަހަމްވެފައި ވަނީ އުމުރުން 45 އަހަރުގެ ޗައިނާ އަންހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުއްޓަށް ޑައިވިންގަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފަރުވާދެމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމީހާއަށް މިވަގުތު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




