މިހާރު މެކްސިކޯގައި ކުރިއަށްދާ މިސް ޔުނިވަރސް 2024 ގެ ގަދަ 30 ރޭގައި އިއުލާނު ކުރިއިރު، ރާއްޖޭގެ ފަރާތުން ބައިވެރިވި މަރިޔަމް ޝައިނާ ނަސީމް އެ ލިސްޓުގައި ނުހިމެނެއެވެ.
މޮޑެލް ކުންފުންޏެއް ކަމަށްވާ ”ހީ އެންޑް ޝީ“ އިން ފަހިކޮށްދިން ފުރުސަތަކަށް ޝައިނާ މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިވާން މެކްސިކޯއަށް ފުރީ މިދިޔަ މަހު ފަހުކޮޅެވެ. ރާއްޖޭގެ ފަރާތުން މިފަދަ މުބާރާތެއްގައި ދިވެއްސަކު ބައިވެރިވީ މިއީ ފުރަތަމަ ފަހަރެވެ.
އާންމުންގެ ވޯޓުން މިދިޔަ ހަފްތާގައި ޝައިނާ ތިން ހަރުފަތް މައްޗަށް ޖެހިލައި، މީގެ ދެދުވަސް ކުރިން ބޭއްވި އެ ޤައުމެއްގެ ސަޤާފީ ހެދުން ދައްކައިލުމާއި ސްވިމްސޫޓް ރައުންޑުގައި ޝައިނާ ލީ ހެދުންތަކަށް ދިވެހިންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް އޭނާއަށް ލިބުނެވެ.
ނަމަވެސް މި މުބާރާތުގެ ގަދަ 30 ރޭގައި ހޮވިއިރު އެ ލިސްޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ޝައިނާއެއް ނުހިމެނެއެވެ. ގަދަ 30 އަކީ މި މުބާރާތުގެ ފައިނަލްގައި ވާދަ ކުރާނެ ފަރާތްތަކެވެ.
އެގޮތުން މިސް ޔުނިވަރސް 2024 ގެ ގަދަ 30 ގައި ހިމެނެނީ:
- ފްރާންސް
- އިންޑިއާ
- ސަރބިއާ
- ވިއެޓްނާމް
- ޕުއަރޓޯ ރިކޯ
- ނައިޖީރިއާ
- ކެނެޑާ
- ކިއުބާ
- ޗައިނާ
- ޖަޕާން
- އިޖީޕްޓް
- އާޖެންޓީނާ
- މެކްސިކޯ
- ތައިލެންޑް
- ޕެރޫ
- މަކާއު
- ފިލިޕިންސް
- އެކުއަޑޯ
- ބޮލީވިއާ
- މެލޭޝިއާ
- އަރޫބާ
- ރަޝިއާ
- ފިންލޭންޑް
- ޑޮމިނިކަން ރިޕަބްލިކް
- ކެމްބޯޑިއާ
- ނިކަރަގުއާ
- ޑެންމާކް
- ވެނެޒުއެލާ
- ޒިމްބާބްވޭ
- ޗައިލް



