ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައިވާއިރު، މި ސަރުކާރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވެސް ވަނީ ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކޮށްފައެވެ.
އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހުގެ މޭސްތިރިކަމުގެ ދަށުން މި އެއްއަހަރު ދުވަހުގެ ތެރޭގައި އެމްޕީއެލްއިން ހާސިލުކުރި ކާމިޔާބީތަކުގެ ތެރޭގައި ޕޯޓު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނަށް ޚާއްސަކޮށް ”މަޖޫރީ ހިޔާ“ ގެ ނަމުގައި ވަނީ ކޮމްޕްލެކްސެއް ހުޅުވާފައެވެ.
މީގެއިތުރުން ފާހަގަ ކުރެވޭ މުހިންމު ކަންތައްތަކަކީ:
• ސީ-ޓު-އެއަރ ކާގޯގެ ހިދުމަތްތައް ފަށައި އިތުރަށް ފުޅާކުރުމުގެ މަސައްކަތްތަށް ކުރުން
• ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މެރިޓައިމް ކޮންފަރެންސެއް ބޭއްވުން
• އިންޑިއާގެ ޓުޓިކޮރިންއިން އިންޑިއާއިން މުދާ ގެންނަ ބޯޓުތައް ސީދާ ދަތުރުތައް ފެށުން
• ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ގެނެވުނު ބަދަލުތައް
• ލޮޖިސްޓިކްސްގެ ހިދުމަތް ތަންފީޒު ކުރުމާއި ސައުތު ނެޓްވޯކު ހިންގުމަށް ރޭވުން
• ސްޓީވްޑޯރިންގް ފީތައް ޑޮލަރުން ނަގަން ފެށުން
• އެމްޕީއެލްގެ މުވައްޒަފުންނަށް ޕޯޓް ރެސިޑެންސްގައި ދިރިއުޅުމުގެ ފުރުސަތު ފަހިވުން
• އުތުރުގެ މެރިޓައިމް އޮޕަރޭޝަންތަކަށް ހެދި ފެން ބާޖު ބޭނުން ކުރަން ފެށުން
• އުތުރު މެރިޓައިމް ސަރވިސްގެ ވެބްސައިޓު ލޯންޗު ކުރުން
• އުތުރުގައި މެރިޓައިމް ހިދުމަތް ދޭން ފެށުން
• 12 އަހަރަށްފަހު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ޕޯޓް މެނޭޖްމަންޓު ޕްރޮގްރާމް ފެށުން
• ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓުގެ ދަށުން އެމްޕީއެލް އިން އެއް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފެށުން
• ޓޯރަސް ޓަގް ބޯޓު ރީފަރބިޝްކޮށް އޮޕަރޭޝަނަށް ނެރުން
• ތިލަފުށި ޔާޑުން ޕައިލަޓު-3 ބޯޓު އޮޕަރޭޝަނަށް ނެރުން.
މިއީ އެއް އަހަރު ދުވަހަށް ބަލާއިރު ވަރަށް ވެސް ގިނަ، އަދި އެހާމެ ބޮޑު ކާމިޔާބީތަކެއްކަން އެމްޕީއެލް އިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.



