ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ ދީޕިކާ ޕަޑޫކޯން އަދި ރަންވީރު ސިންގްއަށް ދެވަނަ އަންހެން ކުއްޖަކު ލިބިއްޖެއެވެ.
މި އުފާވެރި ޚަބަރު ދެމަފިރިން ދީފައިވާނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޖޮއިންޓް ޕޯސްޓެއްގައެވެ.
އެމީހުން ހިއްސާކުރި ފޮޓޯގައި ކުޑަކުޑަ ފައިތިލައިގެ ނިޝާނަކާއެކު ”ވެލްކަމް ބޭބީ ގާލް“ އަދި އުފަންވި ތާރީޚު ކަމަށްވާ ”19.9.2026“ ވަނީ ލިޔެފައެވެ. އަދި އެދެމަފިރިންގެ ފުރަތަމަ ދަރިފުޅު ދުއާގެ ނަން ހިމަނާފައިވެއެވެ. މި ފޮޓޯއަށް ގިނަ ފަންނާނުންތަކެއް ކޮމެންޓްކޮށް ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔައިފައެވެ.
ދީޕިކާ ދެވަނަ ދަރިއަކަށް ބަލިވެއިންކަން މިއަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އިއުލާނުކުރީ ދޮށީ ދަރިފުޅު ދުއާ، ޕޮޒިޓިވް ޕްރެގްނެންސީ ކިޓެއް ހިފަހައްޓައިގެން ހުރި ފޮޓޯއަކާ އެކުގައެވެ. އަދި ވިހަން ކައިރިވެފައިވަނިކޮށް ދެމަފިރިން ވަނީ ޚާއްސަ މެޓާނިޓީ ފޮޓޯޝޫޓެއްގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އިޓަލީގެ ލޭކް ކޯމޯގައި 18 ނޮވެމްބަރު 2018 ގައި ކައިވެނިކުރި މި ދެތަރިންނަށް ފުރަތަމަ ދަރިފުޅު، ދުއާ ރަންވީރު ސިންގް ލިބުނީ 8 ސެޕްޓެމްބަރު 2024 ގައެވެ.



