މާލެ ސަރަހައްދު ހިމެނޭހެން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށްވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ރޭ ފަތިހުން ފެށިގެން މެދުކެނޑުމެއްނެތި މާލެ ސަރަހައްދުގެ އެކިކަންކޮޅުތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި މި ވިއްސާރައިގައި މާލޭގެ މަގުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
އެގޮތުން އެންމެ ބޮޑަށް ފެންބޮޑު ވެފައިވަނީ މާލޭގެ އެންމެ ކާރުބާރު ބޮޑު މަގުތައް ކަމަށްވާ މަޖީދީމަގާއި އަމީނީމަގުގައެވެ.
މީގެއިތުރުން މާލޭގެ އެތެރޭގެ ހުރިހާ މަގުތަކެއްގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
ކުރަމުންދާ ވިއްސާރައިގެ ސަބަބުން މެޓް އޮފީހުން މިހާރު ވަނީ މާލެ ސަރަހައްދު ހިމެނޭހެން ރީނދޫ ސަމާލު ވެސް ނެރެފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް މާލެ ސަރަހައްދަށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.




