އެއާޕޯޓު ލައިޓު ކައިރިން ސައިކަލެއް ފެންސުގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި އެކްސިޑެންޓުގެ ސަބަބުން ދައިކަލު ދުއްވަން އިން މީޙާގެ ހާލު ސީރިއަސް ކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 5:25 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.
އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.



