ހއ. ކެލާގައި ހިނގި ސިހުރުގެ މައްސަލައަކާ ގުޅިގެން އެ ރަށުގެ 6 ގެއެއް ބަލައި ފާސްކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އާލާތްތަކެއް މި ގެތަކުން ހޯދައި، އެ ތަކެތި ގެންގޮސްފައެވެ.
ކެލާގެ ރައްޔިތެއް ’ސައުވިސް‘ ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން ވަނީ އެރަށުގެ ހަ ގެއެއް ބަލައި ފާސްކޮށް، ސިހުރު ހެދުމަށް ބޭނުން ކުރާ އާލަތްތައް ކަމަށް ބެލެވޭ އެއްޗެހިތަކެއް ގެންގޮސްފައެވެ.
މި މައްސަލައިގައި ޝައްކުކުރެވޭ 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް ހއ. ކެލާ ކައުންސިލް އިދާރާ އަދި ފުލުހުންގެ އިދާރާއިން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


