ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެއިން ލިބޭ ފައިސާ ލޯންޑަރކުރަމުންދާކަމަށް ބެލެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ މި މައްސަލައިގައި މިހާތަނަށް ފުލުހުންގެ ޚާއްޞަ ޓީމުތަކުން 10 މީހުންނާއި، 2 ގެ އަދި ތެޔޮ އުފުލާ 2 ބާޖު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތައް ހޯދާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ތަޙުޤީޤު ކުރިއަށްދާ ވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ޭ އިތުރު ތަފްސީލު ހާމަކުރައްވާނެ،“ ވަޒީރު ވިދާޅުވިއެވެ.
މިފަދަ މައްސަލަތައް ހޯދައި، ފުރިހަމައަށް އަވަހަށް ތަޙުޤީޤުކޮށް، ވަކި މީހަކު އިސްތިސްނާނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމެއްކަމަށް ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ.


