މާލޭގެ އޮފީހަކުން ވައްކަންކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި، ހަބީބީހެޕް، އިސްމާއީލް ސާއިފް (39 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހ. ފިލިމާގެ ގްރައުންޑް ފްލޯގައި ހުންނަ އޮފީހަކުން ވައްކަންކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ވަނީ މި ހައްޔަރުކުރުން ކުރިއަށް ގެންގޮސްފައެވެ.
އިސްމާއީލް ސާއިފް އެ އޮފީހުން ވަގަށް ނެގި ކަމަށް ބެލެވޭ ދެ ލެޕްޓޮޕާއި، ދެ އައިފޯނާއި، އިއާޕޮޑަކާއި އަތުކުރި ގަޑިއެއް ފުލުހުން ވަނީ ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައިގައި ސާއިފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



