ރާއްޖެ އާއި އިންޑިއާ ދެމެދު ކުރާ ކާގޯ ދަތުރުތައް ހަރުދަނާކުރުމަށް ނެޓްވޯކިން ސެންޝަނެއް ބާއްވައިފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާއި އިންޑިއާގެ ޤައުމީ ޝިޕިން ކޯޕަރޭޝަން، )އެސްސީއައި( ދެމެދު ބޭއްވި މިނެޓްވޯކިންގް ސެޝަން އަކީ އިންޑިއާ ހައިކޮމިޝަންގެ އެހީތެރިކަމާއި އެކު ބާއްވާފައިވާ ބައްދަލުވުމެކެވެ.
ދެޤައުމުގެ ޤައުމީ ޝިޕިންގް ކުންފުނިތައް ގުޅިގެން ބާއްވާފައިވާ މިބައްދަލުވުމުގައި ދެ ޤައުމުގެ އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ ވިޔަފާރިވެރިން ވެސް ވަނީ ބައިވެރިވެފައިވާއިރު ރާއްޖެއަށް މުދާ އެތެރެކުރާ 50 ވަރަކަށް ވިޔަފާރިވެރިން ބައިވެރިވެފައިވާ ކަމަށް އެމްއެސްއެސްއިން ބުނެފައިވެއެވެ.
އެމްއެސްއެސްއިން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓުޓިކޮރިންއާއި ރާއްޖެއާއި ދެމެދު ކާގޯ ޚިދުމަތްތައް ދެމުން އަންނައިރު، މި ބައްދަލުވުމަކީ އެ ޤައުމުގެ ޤައުމީ ޝިޕިންގ ކުންފުންޏާއެކު ބޭއްވުނު މިފަދަ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުގެ ސަބަބުން ރާއްޖެއާއި އިންޑިއާ ދެމެދު ކުރެވޭ ކާގޯ ދަތުރުތައް އިތުރަށް ފުޅާކުރެވި ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރައްވާ އެމްއެސްއެސްއިން ބުނީ 2020 ވަނަ އަހަރު އެކުންފުނިން މިދަތުރުތައް ފަށާފައިވާއިރު، މިހާރު ކޮންމެ މަހަކު އިންޑިއާއާއި ރާއްޖެއާ ދެމެދު 3 ދަތުރު ކުރާ ކަމަށެވެ.




