އަންނަ ރަމަޟާން މަހަށް ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސަޢޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު ލިބުމާއި ގުޅިގެން މިނިސްތަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ މަހުގެ ކުރިން ކަދުރު ބަހައި ނިންމާނެ ކަމަށެވެ.
މީގެއިތުރުން މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”ސަޢޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް ވަނީ ލިބިފަ. ރޯދަ މަހުގެ ކުރިން އިންޝާ ﷲ ކަދުރު ބަހައި ނިންމާނެ. މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ.“ މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.




