ހައުސިން މިނިސްޓްރީ ހުރި އިމާރާތުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
ހައިދަރަށް ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ’ސަންއޮންލައިން‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ހިނގި ހާދިސާގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ޑޮކިއުމަންޓުތަކާއި ސާވާގައި ހުރި ރައްކާކޮށްފައި ހުރި މައުލޫމާތުތައް ވަނީ ގެއްލިފައެވެ.
ހައިދަރު ވިދާޅޅުވެފައިވާ ގޮތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ އަނދައިގެން ދިޔައީ ގިނަ އަހަރުތަކެއްގެ މުހިންމު މައުލޫމާތުތަކެވެ. އަދި މިއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް މީގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ބުރޫނާރާނެކަން ފާހަގަކުރައްވާ ހައިދަރު ވިދާޅުވީ ދަރުބާރުގޭގައި ވަގުތީ ގޮތުން ސެޓަޕްތައް ގާއިމުކޮށް އަންނަ އާދިއްތަ ދުވަހު ޚިދުމަތްތައް ދެވެން ފަށާނެ ކަމަށެވެ.
މީގެއިތުރުން، ފްލެޓު ލިސްޓާއި ގެދުރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ އިތުރުން މިހާރު ހުޅުވާލެވިފައި އޮތް ލޯނު ސްކީމުގެ ހުރިހާ މައުލޫމާތެއް ރައްކާކުރަމުން ދިޔައީ ކްލައުޑް ސާވާއެއްގައި ކަމުން މިހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާ އެއްކޮށް ރައްކާކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



