ޤައުމީ އެއާލައިން ކަމުގައިވާ މޯލްޑިވިއަންގެ ވައިބާ ޓިކެޓިންގް ހިދުމަތްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން، އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ވައިބާ ޓިކެޓިންގް ހިދުމަތްތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އެހެންކަމުން އެކަންވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިވަގުތު ހިދުމަތްތައް ބޭނުންވާ ފަރާތްތަކުން ޖެނެރަލް ރިޒާވޭޝަން ހެދުމަށާއި ޓިކެޓިންގްގެ ހިދުމަތްތަކަށް 1671 ނަންބަރަށް ގުޅާލުމަށް ނުވަތަ cc@iasl.aero އަށް އީމެއިލް ކޮށްލުމަށް އެ ކުންފުނިން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން އާސަންދައިގެ ހިދުމަތުގެ ބުކިންގް ހެދުމަށް booking@iasl.aero އަށް އީމެއިލު ކޮށްލުމަށްވެސް އިލްތިމާޒް ކޮށްފައިވެއެވެ.
ވައިބާ ޓިކެޓިންގްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް މޯލްޑިވިއަން އިން ނިހާޔަތަށް މަޢާފަށް އެދެއެވެ.




