ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަލްފާޟިލާ ފާތިމަތު އަޝާން ޢައްޔަންކުރައްވައިފިއެވެ.
އެސްޓިއޯ އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެސްޓީއޯ ގްރޫޕްގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
”މިއީ އަޅުގަނޑުމެންގެ ކުރިއެރުމާއި އިސްތިސްނާ ލީޑަރޝިޕަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ކަމެއް“ އެސްޓިއޯއިން ބުނެފައިވެއެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމަށް ފާތިމަތު އަޝާން ޢައްޔަންކުރައްވައިފައި ވަނީ އެމަގާމުގައި ކުރިން ހުންނެވި އިސްމާއީލް ސުހައިލް ހުސްވި ނޮވެމްބަރު މަހުގެ 26 ގައި އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެފްއެސްއެމްއަކީ ރާއްޖޭގައި ތެޔޮ ވިއްކުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއް ކުންފުންޏެވެ.



