މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ކުއްލި ގޮތަކަށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ގެއެއްގެ ތެރެއިން މީހަކު ނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:53 ހާއިރު ކަމަށެވެ.
ނިޔާވެފައިވަނީ މ. ތަރިވިލާގޭ ހުސެއިން އަހްމަދު (41އ.) އެވެ.
އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.


