ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ ”ރާސްތާ“ ނަމަކަށް ކިޔާ މުދާ އުފުލާ ސަޕްލައި ދޯންޏެއް، އެ ރަށާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުން ދިޔަވަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރުއެވެ.
ދިޔަވަމުންދިޔަ ދޯނީގައި ހަތަރު ދިވެހިންނާއި ބިދޭސީއަކާއެކު ޖުމްލަ ފަސް މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ބުނީ، އެ އުޅަނދަށާއި ދޯނީގައި ތިބި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


