ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް މާލޭގައި 3،500 އަށްވުރެ ގިނަ ވެލިބަސްތާ ޖަހައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ވާރޭވެހިގެން މާލޭގައި ގެއްލުން ވެދާނެ ކަމަށް ބެލެވޭ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުންގެންދާ ކަމަށެވެ. އަދި އެ މަސައްކަތުގައި މާލޭގައި މިހާތަނަށް 3،500 އަށްވވުރެ ގިނަ ވެލިބަސްތާ ޖަހާފައިވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ވިއްސާރައިގައި ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް ސިޓީ ކައުންސިލުގެ އިތުރުން އެމްއެންޑީއެފް އިން ވަނީ މާލޭގެ އެކި ސަރަހައްދުގައި ވެލި ބަސްތާ ޖަހާފައެވެ.
އެގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ މާލޭގެ 63 ގޭބިސީއެއްގައި 533 ވެލި ބަސްތާ މިހާތަނަށް ޖަހައި ދީފައިވާ ކަމަށެވެ.
ވިއްސާރާގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެމުވުމުގެ މަތިން، ފުލުހުންނާއި ސިފައިންނާއި އެންޑީއެމްއޭ ގުޅިގެން ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.




