ޒަހަމްތަކަކާއެކު ސެނަހިޔާ ހޮސްޕިޓަލު ކައިރިން ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒަހަމްތަކަކާއެކު ސެނަހިޔާ ހޮސްޕިޓަލު ކައިރިން ދިވެހި ފިރިހެނަކު ފެނުނު މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައެވެ.
ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށްޓަކައި ސެނަހިޔާއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއްވައެވެ.
ނަމަވެސް ތަހުގީގަށް އެ ސަރަޙައްދު ބަންދުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.



