ރާއްޖޭގައި މިވަގުތު އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަން ހާމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދުތައް ދައްކައި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 ކެވެ.
މިދިޔަ އަހަރު ފެށުނު އިރު އެ ޕާޓީގައި ތިބީ 28،704 މެމްބަރުންނެވެ. އެއަދަދާއެކު ޕީއެންސީ އެވަގުތު ވެފައިވަނީ ރާއްޖޭގައި ތިންވަނައަށް އަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ޕީއެންސީ ވެފައިވާއިރު، ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީ ގައެވެ. އެގޮތުން އެމްޑީޕީގައި މިވަގުތު ތިބީ 43755 މެމްބަރުންނެވެ.
ތިންވަނައަށް އެންމެ މެމްބަރުން މިހާރު ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުގެ މިހާރުގެ އަދަދަކީ 13826 އެވެ.




