ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި މިސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 3:00 އިން މިރޭ 9:00 އާ ހަމައަށެވެ.




