ދުނިޔޭގައި އެންމެ ގިނަ މީހުންގެ ފުރާނަށް ނުރައްކާވާ ބަލިތަކުގެ ތެރޭގައި ކެންސަރު ބަލި ހިމެނެއެވެ. ކެންސަރު ބަލި ޖެހުމަށް މަގުފަހިފާ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ހިމެނެނީ ދުންފަތު އިސްތިއުމާލު ކުރުމުގެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެންމެ ގިނައިން ޖެހޭ ކެންސަރުތަކުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު ހިމެނެއެވެ. ފުއްޕާ މޭގެ ކެންސަރު ޖެހިގެން އަހަރަކު 100 މިލިއަނަށް ވުރެ ގިނަ މީހުން މަރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިއީ އަޅުގަނޑުމެނ ނުހަނު ކަންބޮޑުވާން ޖެހޭ އަަދަދެކެވެ. މީގެ އިތުރުންވެސް ހަނގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު އަދި ވައިހޮޅީގެ ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން %70 މީހުންނަށް މިފަދަ ނުރައްކާތެރި ކެންސަރުތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ވަނީ ދައްކާފައެވެ.
ދުންފަތުގެ ސަބަބުން ކެންސަރު ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ ޑީއެންއޭ އަށް ގެއްލުން ލިބުމެވެ. ދުންފަތުގައި 7000 އަށް ވުރެ ގިނަ ކެމިކަލް މާއްދާ ހިމެނޭއިރު، އޭގެ ތެރެއިން 70 އަށް ވުރެ ގިނަ މާއްދާއަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާތަކެވެ. ނިކޮޓިން، ޓާރު، އަދި ކާބަން މޮނޮކްސައިޑް ފަދަ މާއްދާތަކަކީ މީގެ ތެރެއިން އެންމެ ނުރައްކާތެރި މާއްދާތަކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާއިން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ސިއްހީ ފަރުވާގެ އެހީ ހޯދިދާނެއެވެ. އޭގެ އިތުރުންވެސް މި ނުބައި އާދަ ހުއްޓާލުމަށް ކުރެވިދާނެ ބައެއް ކަންކަމަކީ:
- ނިކޯޓިން ރިޕްލޭސްމަންޓް ތެރަޕީ ބޭނުންކުރުން
- ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އެކުގައި ވަގުތު ހޭދަކުރުން މަދުކުރުން
- ދުންފަތުގެ ގެއްލުންތަކާ ބެހޭ މަޢުލޫމާތު އިތުރަށް ހޯދުން
- ކައުންސެލިންގ އަދި ސަޕޯޓް ގްރޫޕްތަކުގައި ބައިވެރިވުން
ތިމާގެ އަމިއްލަ ސިއްހަތާއި ދޭތެރޭ އެންމެ ބޮޑަށް ވިސްނަން ވާނީ ހުދު ތިމާއެވެ. އަމިއްލަ ފުރާނައާއި، ކައިރީގައި އުޅޭ އެހެން މީހުންގެ ފުރާނަވެސް ސަލާމަތްކުރުމަށްަކައި ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.




