ސަރުކާރަށް ފާޑުކިޔާ ރާއްޖެ ޓީވީން ދެއްކި ލަވައެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި ”ފުދިއްޖެ، ފުނޑިއްޖެ“ ހިނގާލުމުގެ ކަވަރޭޖުގައި ދެއްކި މި ލަވަ ހަދާފައި ވަނީ ރާއްޖެ ޓީވީގެ ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމް ލިޔެފައިވާ ޅެމަކަށެވެ.
މިލަވާއިގެ ކޮންޓެންޓާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލައެއް ބަލަމުންދާއިރު، އިއްޔެ ރާއްޖެ ޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކަން ރަސްމީކޮށް އަންގާފައެވެ.
މީގެކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖެ ޓީވީން ގިނަ މައްސަލަތަކެއް ބަލައި، އެ ޗެނަލް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފައެވެ.




