ޅ. ނައިފަރުގައި ހަދަމުންދިޔަ އިމާރާތެއްގެ ފާރެއް ވެއްޓި، ކައިރީގައި ހުރި ގެއެއްގެ ކޮޓަރިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނީ ގެއްލުން ލިބުނު ގޭގެ ވެރިފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނައިފަރު ކައުންސިލާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ މިހާދިސާ ހިނގާފައި ވަނީ ގަދަވައިގެ ސަބަބުން ހަދަން ފަށާފައިވާ އިމާރާތެއްގެ ފާރެއް ވެއްޓިގެން ކަމަށާއި ޅ.ނައިފަރު ވެލްކަމްގޭޓް ގޭގެ އެއްކޮޓަރި ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.



