ހޯމްލެލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވިއެވެ.
މިނިސްޓަރު އިހުސާނުގެ އިތުބާތު ނެތްކަމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލިހަށް ހާޒިރުވެތިބި 64 މެންބަރުންގެ ވޯޓާއެކުގައެވެ.
ޕީއެންސީއަށް މީހުން ވެއްދުމަށް ޑީއެންއާރް ޑޭޓާބޭސްތަކަށް ވަންކަމަށް ބުނެ ބޮޑެތި ތުހުމަތުތަކާއެކު މަޖިލިހަށް މި މައްސަލަ ވެއްދީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ސޮއިއާ އެކުގައެވެ.
މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމުގެ ކުރިން، މިއަދުގެ މަޖިލިސް ޖަލްސާއަަށް އެމަނިކުފާނު ވަނީ ހާޒިރުކޮށް، ޖަވާބުދާރީ ވާން ފުރުސަތު ދީފައެވެ.
އެ ފުރުސަތުގައި މިނިސްޓަރު އިހުސާން ވަނީ އެ ތުހުމަތުތަށް ދޮގުކުރައްވައި، އެފަދަ ޤާނޫނާ ޚިލާފުކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



