”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފްލެޓުގެ ލިސްޓު، މިއަދު 13:00 ގައި އިއުލާނު ކުރަން ހަމަޖެހިއްޖެއެވެ.
ފްލެޓު ލިސްޓު މިއަދު އާންމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ހުޅުދެލީ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިއުލާނު ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ފްލެޓް ލިސްޓު އާންމުކުރާއިރު ހުރިހާ ތަފްސީލެއްވެސް ހާމަ ކުރައްވާނެ ކަމަށާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަކީ އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދުކަމަށެވެ. އަދި އެ މަނިކުފާނުގެ ވައުދާއި އެއްގޮތަށް މާލެއާއި އަތޮޅުތެރޭގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މި ދައުރުގެ ތެރޭގައި ހިންގަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފްލެޓް ލިސްޓު އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.




