މިދިޔަ ރޯދަ މަހެކޭ އެއްގޮތަށް މި އަހަރުވެސް ’ސައުވީސް ރޯދަ ކުއިޒް‘ މާދަމާ އިން ފެށިގެން ސައުވީސް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާނެ އެވެ.
މިފަހަރުގެ ރޯދަ ކުއިޒުގައި ހިމެނޭނީ ރޯދަ މަހާއި، އިސްލާމް ދީނާއި، ދިވެހި ތާރީހާއި ގުޅޭ ސުވާލުތަކެވެ. ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ކުއިޒުގެ ސުވާލެއް ސައުވީސް ގެ ފޭސްބުކް ޕޭޖުގައި ޕޯސްޓު ކުރެވިގެން ދާނެއެވެ.
ކޮންމެ ދުވަހަކުވެސް ސުވާލުތައް ޕޯސްޓު ކުރެވިގެން ދާނީ އެ ދުވަހެއްގެ ހަވީރު 15:00 ގައެވެ. އަދި ސުވާލަށް ޖަވާބު ދޭން ވާނީ ކޮމެންޓު މެދުވެރިކޮށް، އެ ދުވަހެއްގެ 18:00 ގެ ކުރިންނެވެ.
’ސައުވީސް ރޯދަ ކުއިޒް‘ ގެ ސުވާލުތަކަށް އެންމެ ގިނަ ރަނގަޅު ޖަވާބު ފޮނުވާ ފަރާތަކަށް ކޮންމެ ހަފްތާއަކު 1000 ރުފިޔާ ގެ އިނާމެއް ލިބޭނެއެވެ.
މީގެ އިތުރުން ރޯދަ މަސް ނިމޭއިރު އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮނުވާފައިވާ ފަރަތަކަށް ’ބޮޑު އިނާމު‘ ގެ ގޮތުގައި މޯލްޑިވިއަން އެއާލައިންސް އިން 2 މީހަކަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ. މޯލްޑިވިއަން އިން ދަތުރުކުރާ ކޮންމެ މަންޒިލަކަށްވެސް މި 2 ޓިކެޓު މެދުވެރިކޮށް ދެވޭނެއެވެ.

’ސައުވީސް ރޯދަ ކުއިޒް‘ ގައި ބައިވެރިވުމަށް ފުރިހަމަ ކުރަން ޖެހޭނީ ހަމަ އެންމެ 2 ކަމަކެވެ. އެއީ:
- ސައުވީސް ގެ ފޭސްބުކް ޕޭޖަށް ލައިކް ޖަހާ، ފޮލޯ ކުރުން
- ކޮމެންޓު މެދުވެރިކޮށް ސުވާލުތަކަށް ރަނގަޅު ޖަވާބު ދިނުން
ސައުވީސް ގެ ފޭސްބުކް ޕޭޖަށް މި ލިންކުން ވަދެވޭނެ >
މަތީގައިވާ ކަންކަން ފުރިހަމަ ކުރާ ކޮންމެ މީހަކަށްވެސް ’ސައުވީސް ރޯދަ ކުއިޒް‘ ގައި ބައިވެރިވެވުނީއެވެ. ހަފްތާގެ އިނާމާއި، ބޮޑު އިނާމު ލިބޭ ފަރާތްވެސް ހޮވާނި އެންމެ ގިނަ ރަނގަޅު ޖަވާބު ފޮނުވާފައިވާ ފަރާތްތަކުގެ މެދުގައި އޮންލައިން ކޮށް ގުރުއަތު ނަގައިގެންނެވެ.
’ސައުވީސް ރޯދަ ކުއިޒް‘ ގެ އިތުރުން، ވާހަކަ އާއި، ރޯދަ މަހާއި ގުޅޭ ހާއްސަ ރިޕޯޓުތަކާއި، ރެސިޕީތައް ފަދަ ކޮންޓެންޓް މި ރޯދަ މަހު ސައުވީސް ގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.



