ކޭކަކީ އާންމު ގޮތެއްގައި ގިނަ މީހުންނަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ. ބައެއް މީހުން ފޮށީގައި ބަންދު ކޮށްފައި ހުންނަ ކޭކް ފުށުން ކޭކު އެޅި ކަމުގައިވިޔަސް، ގިނަ ފަހަރަށް މީހުންނަށް އެންމެ ކަމުދަނީ އަމިއްލައަށް ތައްޔާރުކޮށްލާފައި ހުންނަ ކޭކު ފުށުން އަޅާ ކޭކެވެ.
މިފަހަރު ”ސައުވީސް ސުފުރާ“ އިން މި ކިޔައިދެނީ ”މައިލޯ ކޭކު“ އަޅާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
▪︎ 2 ޖޯޑު މައިލޯ
▪︎ 3 މޭޒުމަތީ ސަމުސާ ގެރިކިރު
▪︎ 4 ބިސް
ތައްޔާރު ކުރާނެ ގޮތް:
- އެންމެ ފުރަތަމަ މައިލޯ އާއި ބިސް އަދި ގެރިކިރު ރަނގަޅަށް އެއްކޮށްލާށެވެ.
- އެއަށްފަހު، ޓްރޭއަކަށް އަޅައި، އާވިން ފިހެލާށެވެ.
- ގާތްގަނޑަކަށް އެއްގަޑިއިރު ވާއިރު ކޭކު ހުންނާނީ ރީތިކޮށް ފިހެވިފައެވެ.
އިތުރަށް ފުރިހަމަ ކޮށްލަން ބޭނުންނަމަ ކޭކުގެ މައްޗަށް ޗޮކްލެޓް ސޯސް އެޅިދާނެއެވެ. އަދި އޭގެ މައްޗަށް ސްޕްރިންކްލްސް ކޮޅެއް ވެސް ބުރުވައިލެވިދާނެއެވެ. ބައެއް މީހުން ކޭކު ފިހެވުމުން އޭގެ މައްޗަށް ޗޮކުލެޓް ސޯސް އެޅުމަށްފަހު، ހިކި މައިލޯކޮޅެއް ވެސް އަޅައެވެ.




