މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯ އަދި އެމްޑީ
ކަމުގެ މަގާމަށް ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް، މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު އައްޔަނު ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން މިކަން އިއުލާނު ކުރައްވާ ”އެކްސް“ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް ޝަޙީރު އައްޔަންކޮށްފައިވާ ކަމަށެވެ.
ފަރުހަތު މީގެ ކުރިން ވަނީ ސިފައިންގޭގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އޭނާވަނީ އައިޖީއެމްއެޗްގެ ސީއީއޯ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
މިފްކޯގެ ސީއީއޯ އަދި އެމްޑީކަމުގެ މަގާމަށް ފަރުހަތު އައްޔަނު ކޮށްފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި މިފްކޯގެ ފުރަތަމަ ބޭރު ޤައުމެއްގެ ސީއީއޯ ޑރ. ވިޓާލީ ލުއިބިމޮވް އެމަގާމުން އިއްޔެ ވަކިކުރުމަށް ފަހުގައެވެ.



