މި ހިނގާ ރަމަޟާން މަހުގެ ފަހު 10ގައި މާލެސިޓީގެ 34 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ 21 މިސްކިތެއްގައި، ވިލިމާލޭގެ 3 މިސްކިތުގައި އަދި ހުޅުމާލެ ފޭސް-1 ގެ 6 މިސްކިތުގެ އިތުރުން ހުޅުމާލެ ފޭސް-2 ގެ 4 މިސްކިތުގައި މި ރަމަޟާން މަހުގެ ފަހު 10 ގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ މިސްކިތްތަކަކީ:
° މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) – މާލެ
° މަސްޖިދުލްމަލިކި ސަލްމާން – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) – މަލޭ
° މަސްޖިދުލްފުރްޤާން – މާލެ
° މަސްޖިދުއްނޫރު – މާލެ
° މަސްޖިދުއްޝަހީދު ޢަލީ – މާލެ
° މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުނބުރި މިސްކިތް) – މާލެ
° މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) – މާލެ
° މަސްޖިދު ޞަލާޙުއްދީން – މާލެ
° މަސްޖިދު ޖަލާލުއްދީން – މާލެ
° މަސްޖިދު އިބްރާހީމް – މާލެ
° މަސްޖިދު އިސްކަންދަރު – މާލެ
° ވަގުތީމިސްކިތް (ބޮޑުގެ) – މާލެ
° މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް) – މާލެ
° މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)- މާލެ
° މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް) – މާލެ
° މަސްޖިދު ޢަފީފުއްދީން – މާލެ
° މާފަންނު އާމިސްކިތް – މާލެ
° މަސްޖިދުއްޛިކްރާ – މާލެ
° މަސްޖިދުލްބިއްރި – ވިލިމާލެ
° މަސްޖިދުއްސަލާމް – ވިލިމާލެ
° މަސްޖިދުލްއިޚްލާސް – ވިލިމާލެ
° މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް) – ހުޅުމާލެ ފޭސް 1
° މަސްޖިދު ރަޝީދު – ހުޅުމާލެ ފޭސް 1
° މަސްޖިދު ޢަޒީޒާ މޫސާ – ހުޅުމާލެ ފޭސް 1
° މަސްޖިދުލްއަޞްދިޤާ – ހުޅުމާލެ ފޭސް 1
° މަސްޖިދުލްވާލިދައިނި – ހުޅުމާލެ ފޭސް 1
° މަސްޖިދު މުޙައްމަދު – ހުޅުމާލެ ފޭސް 1
° މަސްޖިދު ޙަސަން ޢާދަމް – ހުޅުމާލެ ފޭސް 2
° މަސްޖިދު އަމީލް ޖަލީލް – ހުޅުމާލެ ފޭސް 2
° މަސްޖިދު އަބީބަކުރިނިއްޞިއްދީޤް – ހުޅުމާލެ ފޭސް 2
° މަސްޖިދު ޢުޘްމާނު ބިން ޢައްފާން – ހުޅުމާލެ ފޭސް 2



