ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ބ. ފުޅަދޫއަށް އެއާ ޓެކްސީ ޚިދުމަތް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ 31 މާރޗުގައި މިހިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މި ޚިދުމަތުގެ ސަބަބުން ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫއަށް އަވަހަށް ފަސޭހައިން ދަތުރުކުރެވޭނެ ކަމަށެވެ.
މޯލްޑިވިއަންއިން އިތުރަށް ބުނީ މި ދަތުރުގައި ހޭދަވާނީ އެންމެ 25 މިނެޓު ކަމަށެވެ.
މީގެއިތުރުން މިއަދު، ޓިކެޓް ވިއްކަން ފަށާފައިވާއިރު، މި ޚިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ޢީދު ޗުއްޓީއާ ދިމާކޮށް އެ ދުވަސްވަރު ދަތުރުފަތުރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ޑިމާންޑަށް އަމާޒުކޮށްގެން ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.



