މާލޭ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަށް ވެއްޓުނު ފަރާތަކަށް އައި.ޖީ.އެމް.އެޗު ހޮސްޕިޓަލުގައި ފަރުވާދީފިއެވެ.
މީސްމީޑިއާގައި ފެތުރެމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފަރާތް ސަލާމަތްކުރުމަށް ސަލާމަތީ ޚިދުމަތްތަކާއި އެހެނިހެން އިދާރާތަކުން މަސައްކަތްކުރަމުންދާ ތަނެވެ. އެ ފަރާތް ވައިގޮޅިން ނެރެ، ދަންޖަށް އަރުވައި ގެންދިޔަ މަންޒަރުތައްވެސް މި ވީޑިއޯގައި ހިމެނެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ މީރުމާ ހޮޓަލުގެ ވައިގޮޅިއަށް ކަމަށް ”އެމްވީކްރައިސް“ އިން ހާމަކޮށްފައިވެއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ މިއަދު ފަތިހު 2:55 ގައި މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަށް މީހަކު ވެއްޓުނު ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން އެ ސަރަޙައްދަށް ހާޒިރުވެފައިވާ ކަމަށެވެ.
މީގެއިތުރުން، އެތަނުގައި ވެއްޓިފައި އޮތް މީހަކު ހޮސްޕިޓަލްއަށް ފަރުވާ ދިނުމަށްޓަަކައި ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.




