އިސްތިއުފާ ދެއްވި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފިއެވެ.
މި ޚަބަރުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައި ނުވި ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެޑްވައިޒަރެއްގެ މަގާމަށް ނަރީޝް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވިކަން ޔަގީން ކޮށްދެއްވާފައެވެ.
މިނިސްޓަރެއްގެ ފެންވަރުގެ މަގާމަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް މުސާރާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 66،000ރ. ލިބިވަޑައިގަންނަވާނެއެވެ.
ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވާފައި ވާތީ މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް މިއަދު ވަނީ އިންތިޚާބުކޮށްފައެވެ.



