އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން އާރްޑީސީއާ މިއަދު ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާޅޮހުގައި މިސްކިތެއް ބިނާކުރުމަށް އެ މިނިސްޓްްރީން އާރްޑީސީއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.އަދި އެއީ ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ވަޢުދުގެތެރޭގައި ހިމެނޭ އިސްލާމީ މަޝްރޫޢުއެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން މާޅޮހުގައި އަޅަން ނިންމާފައި ވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



