މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދުު އިސްތިއުފާ ދެއްވައިފިއެވެ.
އިމާދު އިސްތިއުފާދެއްވިއިރު އޭނާ ވަކިކުރުމަށް މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.
”ބޭރު ފައިސާގެ ބާޒާރުގެ މުހިއްމު އިސްލާހުތައް ގެނައުމާއި މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާނެ“ އިސްތިއުފާދެއްވާ އިމާދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
އިމާދު ވިދާޅުވީ އެ ދާއިރާގައި އޭނާގެ ބައިވެރިވުން ފެންނާނެ ކަންކަމުގެ ތެރޭގައި ފަވަރަ ތަރައްގީ ކުރުމާއި މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރި މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވައިދު ތަންފީޒު ކުރުމާއި ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުން ހިމެނޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަޤާމަށް އިމާދު އައްޔަނު ކުރައްވާފައި ވަނީ 2020 ވަނަ އަހަރު އެވެ.




