ހއ. ފިއްލަދޫއާއި ރ. ހުޅުދުއްފާރު ސްކޫލްގެ މަސައްކަތް ނިންމުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އާރްޑީސީގެ ފަރާތުން ރޭގައި ބުނީ، ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ފިއްލަދޫއާއި ހުޅުދުއްފާރު ސުކޫލްގެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުގެ ފަރާތުން އާރްޑީސީއާ އަންނަނީ މިފަދަ ގިނަ މަޝްޜޫޢުތަކެއް ހަވާލުކުރަމުންނެވެ.
އާރްޑީސީން އަބަދުވެސް މަސައްކަތް ކުރާނީ، ސަރުކާރުން އިސްކަންދޭ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމަން ކަމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ކުރާނީ މިހާރުވެސް އެ ކުންފުނިން ކުރަމުންދާ މަގު ހެދުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމުގައި އެމްޑީ ޒުހައިރު ވިދާޅުވިއެވެ.




