މާލޭގައި ހުއްދަނެތި ކުޑަ މާރުކާޓެއް ހިންގަމުންދިޔަ ބޭރު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި ބޭރުމީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މާލެ އަދި ހުޅުމާލޭގައި ހުއްދަނެތި އެކިބާވަތުގެ ވިޔަފާރިތައް ހިންގަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް ވަނީ ހައްޔަރުކުރެވިފައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުއްޓުމެއްނެތި ކުރިއަށްދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ ކުޑަ މާރުކޭޓެއް ބަލައި ފާސްކޮށް އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއެއް އިމިގްރޭޝަންގެ… pic.twitter.com/0d4GDE3CBT
— Maldives Immigration (@ImmigrationMV) March 17, 2025
މީގެ އިތުރުން، ހިފެހެއްޓޭ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.


