މާލޭގެ ފިހާރާއެއްގެ ސޭޓަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ފޭރިގެންފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 9:25 އެހާކަންހާއިރު މާފަންނުގައި ހުންނަ ފިހާރައަކަށް ދެ މީހަކު ވަދެ އެތަނުގެ ސޭޓަކަށް އިން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދައްކައި ފޭރިފައިވާ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ މީހުން ފެރިގަތްތަކެތީގެ ތެރޭގައި ފައިސާ އާއި ސިނގިރޭޓާއި އެހެނިހެން ތަކެތި ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



