ފަސްޓް ނެޝަނަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް މަރިޔަމް ވިސާމް ހަމަޖައްސައިފިއެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނަކީ 2021 ވަނަ އަހަރު އުފައްދާފައިވާ މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ.
ވިސާމް އެ ކޯޕަރޭޝަނުގެ ސީއީއޯ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީގެ ހިދުމަތް ދެމުން އަންނަ އެ ކުންފުނީގެ ސީއީއޯގެ ހައިސިއްޔަތުން ވިސާމު އެ ކުންފުނީގެ ވިޔަފާރިއާ ގުޅޭ ސްޓްރެޓެޖީތައް އެކުލަވައިލާ ތަރައްގީކޮށް، ކުންފުނީގެ ޕްރޮޑަކްޓް ޑިވަލޮޕްމެންޓް މަސައްކަތްތައް ބަލަހައްޓައި ސޭލްސް އާއި މާކެޓިން މަސައްކަތްތައް ބަލަހައްޓާނެއެވެ.
2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމު ފުރުއްވަމުން ގެންދެވި މަރިޔަމް ވިސާމް އެ މަޤާމުން އިސްތިއުފާދެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން ބިޒްނަސް އިކޮނޮމިކްސް އިން މާސްޓާސް ހާސިލުކުރައްވާފައިވާ ވިސާމް، މާކެޓިން މެނޭޖްމެންޓުން ޑިގްރީ ހައްދަވާފައި ވަނީ ޔޫކޭގެ ނޮތަމްބްރިއާ ޔުނިވާސިޓީންނެވެ.



