އއ. ތޮއްޑޫގައި ބިދޭސީ އަންހެނަކު ރަހީނުކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު މެންދުރު 2:00 ހާއިރު އއ. ތޮއްޑޫގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށެވެ.
އެހެންކަމުން އެ މައްސަލައިގާ ފުލުހުން ސީނަށް އެޓެންޑުވެ އިތުރަށް ބެލި ބެލުމުން އޭނާ ރަހީނު ކުރިކަމަށް ނުބެލެވޭ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އޭނާއަށް ވަޒީފާ ދިން ފަރާތާއި ދެމެދު ހިތްހަމަނުޖެހިގެން އެ ދެމެދުގައި ޒުވާބެއް ހިންގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.


