ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެހާހަށް ވުރެ ގިނަ ވޭޕްކުރާ ސާމާނު އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ދެންމެ ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.
އެ ތަކެތި އަތުލައިގަނެފައި ވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
ކަސްޓަމްސް އިން އަތުލައިގަތް ތަކެތީގެ ތެރޭގައި:
ނެނޯ ސްޓިކް – 1،714
ޓެރިއާ ސްޓިކް – 200
ކެލިބަން ކާޓްރިޖް – 96
ވީޓޭޖް ކާޓްރިޖް – 50
ވޭޕް ފްލޭވަ ލިކުއިޑް (ފުޅި) – 2




