މި ބަރަކާތްތެރި ރަމަޟާންމަހު ފަހު 10 ގެ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން، އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ހަމައެހެންމެ ރޯދައިގެ އެންމެ މާތް ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތަކާ ގުޅިގެން މާދަމާއިން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަަޖައްސާފައި ވާއިރު،ދެން ސަރުކާރު ހުޅުވާނީ ކުޑަ އީދު ބަންދަށްފަހު އަންނަ މަހުގެ ހައެއްގައެވެ.




