ދަނޑުވެރިކަމާ ގުޅޭ އަމަލީ ތަޖުރިބާ ހޯދަން އެމްއައި ކޮލެޖުގެ ސްކޫލް އޮފް އެގްރިކަލްޗަރަލް އިން ތައިލެންޑަށް ފުރައިފިއެވެ.
މިއީ ފަސް ދުވަހުގެ މުއްދަތަކަށް ކުރާ ދަތުރެއް ކަމަށް އެ ކޮލެޖުން ހާމަކޮށްފައި ވެއެވެ.
އެމްއައި ކޮލެޖުން ބުނީ މި ދަތުރަކީ ދަނޑުވެރިކަން ކިޔަވާ ދަރިވަރުންނަށް ދަނޑުވެރިކަމުގެ އައު އުކުޅުތައް ދަސްކޮށްދީ، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ނަމޫނާތަކާއި، ދަނޑުވެރިކަމުގެ ވިޔަފާރި ތަރައްގީކުރުމުގެ ކަންކަން ދައްކައިދީ އުގަންނައި ދިނުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ދަރިވަރުން ބެންކޮކުގައި ހުންނަ ދަނޑުވެރިކަމުގެ މާރުކޭޓަކަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެފައި ވެއެވެ.
މިގޮތުން އެ ދަތުރުގައި ތައިލެންޑުގެ ދަނޑުވެރިކަމުގެ ވިޔަފާރީގެ ދާއިރާ ހިނގާގޮތް ބަލައިލުމުގެ ފުރުސަތު ދޭނެ ކަމަށާއި އޯކިޑް ދަނޑުތަކަށް ޒިޔާރަތްކޮށް އޯކިޑް އިންދުމާއި ގަސްކާނާ ދިނުމުގެ އުކުޅުތައް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.
އެމް އައި ކޮލެޖުން ބުނީ މި ދަތުރު ރޭވުމުގެ މަޤްސަދަކީ ދަރިވަރުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި އަމަލީ ގިނަ މައުލޫމާތުތަކަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުން ކަމަށެވެ.



